ތައާރަފް
ނާލާފުއްޓަކީ މ. އަތޮޅުގެ އިރުވައި ބިތުގައި، އަތޮޅުގެ ވެރިކަންކުރާ ރަށް މ. މުލީގެ ދެކުނުން އޮތް ރަށެކެވެ. ނާލާފުށި އޮންނަނީ އިރުމަތީ ޠޫލުން 73 34’ 38” ގައި ޢަރުޟުން 02 53’ 42” ގައެވެ. ރަށުގެ ބޮޑުމިނުގައި 11.40 ހެކްޓަރ ހުންނައިރު މިއީ އަތޮޅުގެ ނިސްބަތުން ބިންކުޑަ ރަށެކެވެ. ފުރަމާލެއާއި ނާލާފުއްޓާ ދެމެދު 76.5 ނޯޓިކަލް މޭލުގެ ރާސްތާއެއް ވެއެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ރަށުގެ ޖުމްލަ އާބާދީއަކީ 546 އެވެ. ރަށުގެ ރައްޔިތުން ޢާމްދަނީ ހޯދުމަށް ރަށުގައި ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ފަތުރުވެރިކަމާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ ހިމެނެއެވެ.
ކައުންސިލުން އިސްނަގައިގެން މިއަހަރުގެ ބޮޑު ޢީދު ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.
ރަށުގެ އާބާދީއާއި މައުލޫމާތު
އެންމެ ފަހުން އަދާހަމަ ކުރެވުނީ: 12 ސެޕްޓެމްބަރ 2024 - 12:00
އުމުރު |
ފިރިހެން |
އަންހެން |
ޖުމްލަ |
|---|---|---|---|
18 އަހަރުން ދަށު |
83 |
66 |
149 |
18 - 35 |
58 |
71 |
129 |
36 - 64 |
126 |
105 |
231 |
65 އަހަރުން މަތި |
22 |
15 |
37 |
ޖުމްލަ |
289 |
257 |
546 |