އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދުމާއިބެހޭ
1446 ވަނަ އަހަރުގެ ރަމަޟާންމަހު މ. ނާލާފުށީ " މަސްޖިދުއްނޫރު " ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޘެއް ހޯދަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހި ޙާފިޘުންނަށް މިކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޝަރުޠު:
ޙާފިޘު ކަމުގެ ސަނަދު އޮތުން.
އުޖޫރައާއި އިތުރު އިނާޔަތްތައް:
ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/700 (ހަތްސަތޭކަ) ދިވެހި ރުފިޔާ
މީގެ އިތުރުން މާލެއިން ރަށަށް އައުމާއި ދިޔުމާއި، ރަށުގައި ހުރުމާއި އަދި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ޖަނަވަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމު ފުރުއްވުން އެދެމެވެ.
ފޯމުގެ ލިންކް: https://forms.gle/MZ4CwadvGorfL9Xv6
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.