އޮޑި އެހެލާ ސަރަހައްދުން ކަރަންޓް ދޫކުރުމުގެ އުޞޫލް

15 އޮކްޓޯބަރ 2025 - 13:45

މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ އުޞޫލުކެވެ. މި އުޞޫލަކީ އޮޑިއެހެލާ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު ކަރަންޓް ޚިދުމަތް ދިނުމުގެ މަޤްޞަދުގައި ކައުންސިލުން އޮޑިއެހެލާ ސަރަހައްދުގައި ބެހެއްޓިފައިވާ ފޮށިން ކަރަންޓް ދޫކުރުމަށް އެކުލަވާލައިފައިވާ އުސޫލެވެ.